- އިސްތިހާރު -spot_img

ފުޓުބޯޅައާއި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ވ. ފެލިދޫގައި

ރާއްޖޭގައި އެންމެ ގިނަބައެއްގެ ޝައުގުވެރިކަން އެ ދެ ކުޅިވަރަކަށް ހުއްޓިފައިވާ ފުޓުބޯޅައާއި ފުޓްސަލްގެ ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް، ވ. ފެލިދޫގައި ފަށައިފިއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފެލިދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯސް ކުރިއަށްދާނީ 22 ސެޕްޓެމްބަރުން ފެށިގެން 2 އޮކްޓޯބަރާ ހަމައަށެވެ.

މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ މުހައްމަދު އަމީޒު އާއި އިސްމާއިލް އިޒްހާންއެވެ.

ފުޓްބޯޅަ އަދި ފުޓްސަލް ކޯހުގެ ރެފްރީން ތަމްރީން ކުރުމުގެ މި ބެޗް ފެށީ 20 ބައިވެރިންނާއެކުއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ