- އިސްތިހާރު -spot_img

ރަމަޟާން ކްރިކެޓް ކާނިވަލް – އޮފީސް ޓޭބްބޯޅަ މުބާރާތު ފުލުހުން ކާމިޔާބުކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލް –  އިންޓާ އޮޮފީސް ޓޭޕްބޯޅަ މުބާރާތުގެ ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

ފުލުހުން ބުނީ ޕޮލިސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ 8 ވަނަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ހަ ވިކެޓުން މެޗު ކާމިޔާބު ކޮށްގެން ކަމަށެވެ. އަދި މި މެޗުގެ ޓޮސް ދިމާވުމުން ޕޮލިސް ކުލަބުން ގަސްތުކުރީ ހޮވުމަށް ކަމަށާއި، ފުރަތަމަ އިނިންގްސްގައި ދިވެހި ސިފައިންގެ ކުލަބުން ކުޅެން އަރައި އަށް އޯވަރުން ތިން ކުޅުންތެރިން ނުބައިވެެގެން ޖުމްލަ 110 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ކުޅެން އަރައި ޕޮލިސް ކުލަބުން ވަނީ 7.2 އޯވަރުން ހަތަރު ކުޅުންތެރިން ނުބައިވެގެން ޖުމްލަ 111 ލަނޑު ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ ޝާހިދު ކަމަށެވެ. އަދި އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިންނަށް ދެ ކުޅުންތެރިން ހޮވިފައިވާއިރު، އެ ކުޅުންތެރިންނަކީ އާރިފް ރިޒާ އާއި ޕޮލިސް ކުލަބުގެ އިސްމާއީލް ނަސީރު ކަމަށްވާއިރު އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއީލް ނާޝިދު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް – އޮފީސް ޓޭބްބޯޅަ މުބާރާތުގައި މި އަހަރު ހަ ޓީމަކުން ބައިވެރިވެފައިވާއިރު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކުރެވެއެވެ. އަދި މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދި ދެ ވަނަ ފަހަރު ކަމަށްވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަކަށް ޕޮލިސް ކުލަބުން ހޯދީ 2023 ވަނަ އަހަރު ކަމަށް ފުލުހުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި