- އިސްތިހާރު -spot_img

ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރުވެސް މަސްދަޅު ކޭސް އަދި ކަރަންޓު ބިލް 400 ރުފިޔާއަށް ކުޑަކޮށްދޭނަން: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހުވެސް ސަރުކާރުން ދޭ ރޯދަ ހަދިޔާއަކަށް ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހަކާއި ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ކަރަންޓު ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރޯދަމަހު ނަގާނީ 400 ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ”ދިވެހީންގެރާއްޖެ“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ ރޯދަމަހުވެސް ސަރުކާރުގެ ފަރާތުން ރޯދަ ހަދިޔާ ދިނުމަށް ނިންމާފައިވާ ކަމަށާއި މިދިޔަ ރޯދަމަހެކޭ އެއްގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު މުޅި ރާއްޖޭގެ 111،808 އަށްވުރެ ގިނަ ގޭބީސީތަކަށް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭސް ބަހާފައެވެ. އަތޮޅު ތެރޭގެ 61099 ގޭބީސީއާއި މާލޭގެ 49،899 ގޭބީސީއަކަށްވެސް މަސްދަޅު ކޭސް ބަހާފައިވާކަން ފާހަގަކުރެވެއެވެ.

”ކޮންމެ ރަމަޟާން މަހެެއްގައިވެސް އަޅުގަނޑުމެން ރައްޔިތުންނަށް އެބަ ހަދިޔާދެން، ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ، އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު އެންމެ ގިނަވެގެން ނަގާނީ 400ރ.“ ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި