ށ. ފުނަދޫއިން މިލަންދުއަށް މަސްތުވާ ތަކެތި އެތެރެ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފުނަދޫ / ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިސް ގުޅިގެން މި މަހު 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މިލަންދުއަށް މަސްތުވާ ތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އެ ހާއްސަ އޮޕަރޭޝަންގައި، މިލަންދޫ ބަނދަރުގައި އޮތް ލޯންޗަކުން މޫސާ ސިރާޖު ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ހަމައެހެންމެ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.




