- އިސްތިހާރު -spot_img

ޕްރޮފެޝަނަލް ހަތީބު ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ޕްރޮފެޝަނަލް ހަތީބް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ބައެއް ރަށްރަށުގައި ހުތުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ގާބިލުކަން ހުރި ފަރާތްތަކަށް ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.

މި ޕްރޮގްރާމު ފުރިހަމަކޮށް ގިނަ ބޭފުޅުންތަކަކަށް ހުއްދަ ދެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ގާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމައެއްގައި ބޭނުންތެރިކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އެގޮތުން މި ޕްރޮގްރާމް ނިންމި ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 36 ފަރާތަކަށް ހުތުބާ ކިއުމުގެ ހުއްދަ އާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަވެސް ދެވިފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މި ކަން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މަރުހަބާވެސް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގަިއ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ގާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމައެއްގައި ބޭނުންތެރިކަމެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި