- އިސްތިހާރު -spot_img

އިންޑީއާގައި އެމްބިއުލަންސް އެއްގައި ރޯވެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

އިންޑިއާގެ ޑިސްޓްރީކްޓްއެއް ކަމަށްވާ މޮޑާސާ ސިޓީގައި ދަތުރުކުރަމުންދިޔަ އެމްބިއުލަންސްއެއްގައި ރޯވެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާާދިސާގައި ތުއްތު ކުއްޖާގެ އިތުރުން ޑޮކްޓަރަކާއި އިތުރު ދެ މީހަކުވެސް މަރުވެފައިވެއެވެ.އެމްބިއުލަންސްގައި ޖުމްލަ ހަ މީހަކު ދަތުރުކުރަމުން ދިޔައެވެ.

އޮފިޝަލުން ބުނީ އެމަބިއުލަންސް ދަތުރުކުރަމުންދިޔައީ ރޭ ދަންވަރު 1:00 އެހާ އިރު މޮޑާސާ މަގުން ކަމަށެވެ. އަދި ދުއްވާފައިދަނިކޮށް އެމްބިއުލަންސްގައި އަލިފާން ރޯވީ ކަމަށެވެ. އެވަގުތަކީ ވިހައިގެން އުޅުނު މީހަކަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން އެމްބިއުލަންސްގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކަމަށެވެ.

ރިޕޯޓްތައް ބުނީ މިހާދިސާގައި މަރުވީ ތުއްތު ކުއްޖާއާއި އެކުއްޖާގެ ބައްޕަގެ އިތުރުން ޑޮކްޓަރާއި ނަރުހެއް ކަމަށެވެ. އަދި މިހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭންގޭކަމަށްވެސް އޮފިޝަލުން ބުނެއެވެ. ނަމަވެސް އެ ސަރަހައްދުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަނޯހަރް ސިންހް ޖަޑޭޖާ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ފޮރެންސިކް ދާއިރާގެ ތަޖުރިބާ ކާރުންނަށް އަންގާފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި