- އިސްތިހާރު -spot_img

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ”މަސްކެނޑުމުގެ މުބާރާތް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ މި މުބާރާތުގެ މަގްސަދުގެ ތެރޭގައި ހިމެނޭނީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަނގައިދިނުން ކަމަށެވެ. އަދި މި މުބާރާތަކީ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅާނީ https://forms.gle/82zfwWcpsDUkFftV9 އަށް ކަމަށެވެ. އަދި ފޯމު ހުށަހެޅުމަށް ދީފައިވާ ސުންގަނޑިއަކީ މި މަހު 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.

މި މުބާރާތުގެ އެއް ވަނަ ހޯދާފަރާތަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެ ވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 3000 ރުފިޔާއެވެ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 2000 ރުފިިޔާއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި