- އިސްތިހާރު -spot_img

މިހާތަނަށް ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި 14،832 ފަރާތެއް ރަޖިސްޓްރީކޮށްފައިވޭ: އެންސްޕާ

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14،832 ފަރާތެއް ރަޖިސްޓްރީކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4169 ފަރާތެއް ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އަންހެން 1858 ފަރާތަކާއި 2311 ފިރިހެން ފަރާތެކެވެ.

މީގެ އިތުރުން މަލްޓިޕަލް ޑިސްއެބިލިޓީގެ 3350 ފަރާތެއް ރެޖިސްޓްރީވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން 1196 ފަރާތަކާއި ފިރިހެން 2154 ފަރާތެކެވެ. އަދި ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1869 ފަރާތެއް ރެޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެން 808 ފަރާތަކާއި ފިރިހެން 1061 ފަރާތެއް ހިމެނޭކަން ފާހަގަކުރެވެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 2016 ފަރާތެއް ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރޭގައި  އަންހެން 799 ފަރާތަކާއި ފިރިހެން 1217 ފަރާތެއް ހިމެނެއެވެ. އަދި  އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެން 937 ފަރާތެއް ހިމެނޭއިރު ފިރިހެން 835 ފަރާތެއްވެސް އެންސްޕާގައި ވަނީ ރެޖިސްޓްރީ ކޮށްފައެވެ.

މީގެ އިތުރުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1015 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެން 475 ފަރާތަކާއި ފިރިހެން 540 ފަރާތެއްވެސް ހިމެނެއެވެ.

އޯޓިޒަމް ހުންނަ 586 ފަރާތެއް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 124 ފަރާތަކާއި ފިރިހެން 462 ފަރާތެކެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 18 ފަރާތެއް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެން 55 ފަރާތަކާއި ފިރިހެން 37 ފަރާތެއްވެސް ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި