- އިސްތިހާރު -spot_img

ފްލޯޓިން ސޯލާ ޕީވީ ސިސްޓަމްތައް ރާއްޖޭގެ ބަހައްޓަން ފަށައިފި

”އެސުއާ“ މަޝްރޫއުގެ ދަށުން ފްލޯޓިން ސޯލާ ޕީވީ ސައިޓްތަކަށް ސާމާނު ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހައްޓައިފިއެވެ.

ފަތުރުވެރިކަމާބެހެ ވުޒާރާއިން ބުނީ އެސުއާ މަޝްރޫއުގެ ދަށުން ފްލޯޓިން ސޯލާ ޕީވީ ސައިޓްތަކަށް ސާމާނު ބެހެއްޓުމަކީ ރާއްޖޭގެ އާ ބާރުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށާއި އެގޮތުން ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބި، ”އެސުއާ“ މަޝްރޫއުގެ ދަށުން، ފްލޯޓިން ސޯލާ ޕީވީ ސިސްޓަމްތައް ބެހެއްޓުމަށް ބޭނުންވާ ސައިޓްތަކުގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ހާއްސަ ސާމާނުތައް ރާއްޖޭގައި ބަހައްޓަން ފަށައިފި ކަމަށެވެ.

އެވުޒާރާއިން ބުނީ މި މަސައްކަތަކީ ރާއްޖޭގެ ހަކަތަ އުފެއްދުމުގެ 33% އާ ބާރުން ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި  މި މަސައްކަތުގެ ދަށުން، ސޯލާ ޕެނަލްތައް ފެންމަތީ ބެހެއްޓުމަށް އެންމެ އެކަށޭނަ ތަންތަން ދެނެގަތުމަށް ބޭނުންވާ ތަފާތު މައުލޫމާތުތައް މި ސާމާނު މެދުވެރިކޮށް އެއްކުރެވޭނެއެވެ.

ހަމައެހެންމެ އެ ސަރަހައްދުގެ މޫސުމާއި، ކަނޑުގެ ރާޅުގެ ހާލަތާއި، އަދި އެހެނިހެން ތިމާވެއްޓާއި ގުޅޭ މައުލޫމާތުތައް ހިމެނޭއިރު މި މައުލޫމާތުތައް ނެގުމަކީ، ފެންމަތީގައި ސޯލާ ޕެނަލްތައް ބެހެއްޓުމުގެ މަޝްރޫއުތައް ރާވައި ހިންގުމުގައި އެންމެ ރަނގަޅު ގޮތްތައް ކަނޑައެޅުމަށް ބޭނުންވާ މުހިއްމު ކަމެކެވެ.

ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވާއިރު، ފެންމަތީގައި ސޯލާ ޕީވީ ސިސްޓަމްތައް ބެހެއްޓުމަކީ، ބިމުގެ ބޭނުން ނުކޮށް ހަކަތަ އުފެއްދުން އިތުރުކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ. އަދި މިއީ ހަކަތަ އުފައްދާ މަސްދަރުތައް ގިނަ ކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ދައްކުވައިދޭނޭ ކަމެއް ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އާ ބާރުގެ ހަކަތައަށް ބަރޯސާވުން އިތުރުކުރުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާ، ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމަށްޓަކައި ދިވެހި ސަރުކާރުން ދޭ މުހިންމު ސަމާލުކަމެކެވެ.

އެގޮތުން މި މަސައްކަތް ކުރިއަށް ދަނީ، ރާއްޖޭގެ ހަކަތަ ސެކްޓާ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް އެހީތެރިވުމަށް އަމާޒުކޮށްފައިވާ ”އެސުއާ“ މަޝްރޫއުގެ ދަށުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި