- އިސްތިހާރު -spot_img

މިއަދު މާލެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސްޓެލްކޯ) އިން ބުނެފިއެވެ.

އެކުންފުނިން ބުނީ މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ކަރަންޓު ކެނޑޭނެ ސަރަހައްދުތަކަށް ބަލާއިރު ކަނޑި ދޮންމަނިކު ގޯޅި، މުހައްމަދު އިސްމާއިލް ދީދީ ގޯޅި، ހުސައިނީ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނެ އެވެ.

ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށްވެސް އެދިފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި