- އިސްތިހާރު -spot_img

ރާއްޖެ ހިމެނޭ ސީއެސްސީގެ ބައްދަލުވުން ނިންމާލައިފި

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ހަތް ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ނިންމާލައިފިއެވެ.

ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ނިއުދިއްލީގެ ސުޝްމާ ސުވާރާޖް ބަވަންގައި ކުރިއަށްދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ، އަޖިތު ދޯވަލް ކޭސީއެވެ.

މި ބައްދަލުވުމުގައި ހިމެނެނީ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ވަފުދުންނެވެ. މީގެ އިތުރުން ކުރީގެ އޮބްޒާވާ ގައުމުތައް ކަމުގައިވާ ބަންގްލަދޭޝް އަދި ސީޝެލްސް އިން ވަނީ، މެންބަރު ގައުމުތަކުގެ ގޮތުގައި މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެފައިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މެހެމާނެއްގެ ގޮތުގައި މެލޭޝިއާއިން ވެސް ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ، ޑެޕިއުޓީ ކޮމިޝަނާ (ރިޓަޔާޑް) އަދި ލެފްޓިނަންޓް ކާނަލް (ރިޓަޔާޑް) އިބްރާހީމް ލަތީފެވެ. އަދި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ، މޭޖާ ޖެނެރަލް (ރިޓަޔާޑް) ހާމިދު ޝަފީގާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު އަޒީމާވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެންބަރު ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލު ހޯދުމެވެ.

މި ބައްދަލުވުމުގެ ކުރިން، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ، ރާއްޖޭގެ ވަފުދާ ވަކިން ބައްދަލުކުރައްވާ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި