- އިސްތިހާރު -spot_img

ފޭސް 2 ގައި ގާއިމުކުރާ އާ މިސްކިތް އަންނަ މަހު ހުޅުވަނީ

ހުޅުމާލެ ފޭސް ދޭއްގައި ގާއިމުކުރަމުންދާ އާ މިސްކިތްނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ މިސްކިތާއި ބެހޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރި މިސްކިތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހު އެ މިސްކިތް ރަސްމީކޮށް ހުޅުވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެމަނިކުފާނުވަނީ އެމިސްކިތުގެ ވީޑިއޯއެއްވެސް ހިއްސާކުރައްވާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި އަމިއްލަ ފަރާތަކުން 3،000 މީހުންގެ ޖާގައިގެ މި މިސްކިތެއް އިމާރާތްކުރުމަށް  ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ. އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ކަމަށާއި ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެފަރާތުން ކަމަށެވެ.

މި މިސްކިތް އިމާރާތް ކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި ކަމަށްވާއިރު މި މިސްކިތަކީ 18720.79 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ މިސްކިތެއްކަން ފާހަގަކުރެވެއެވެ. އަދި އެ މިސްކިތުގައި 2500 – 3000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

އެވުޒާރާއިން ބުނީ މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިސްކިތް ޑިޒައިން ކުރެވިފައިވާނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމެނޭ ގޮތަށް ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި