މާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މާލޭގެ ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުން މިރޭ 21:15 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ދާނީ ތިން މިނެޓަށް ކަމަށްވެސް އެއިދާރާއިން މައުލޫމާތު ދީފައިވެއެވެ.





