- އިސްތިހާރު -spot_img

އުފާ ފެސްޓިވަލް ދަތުރުފަތުރާބެހޭ ވުޒާރާގެ ވަޒީރު ހުޅުވާދެއްވައިފި

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އުފާ ފެސްޓިވަލް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ހުޅުވާދެއްވައިފިއެވެ.

މި ފެސްޓިވަލްއަކީ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފާއިތުވެދިޔަ ދެ އަހަރުގެ ކާމިޔާބީތައް ފާހަގަކޮށް، އަދި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ވުޒާރާ އާއި ދަތުރުފަތުރާއި ބެހޭ ވުޒާރާ އާއި އުރީދޫ އަދި އެޗްޑީސީ ގުޅިގެން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ”އުފާ ފެސްޓިވަލް 2025“ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ފެސްޓިވަލްއެކެވެ.

ދަތުރުފަތުރާބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފެސްޓިވަލްގައި ބައިވެރިވުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ފެސްޓިވަލްގައި ވޭތުވެދިޔަ ދެ އަހަރު ދުވަހު ކުރެވިފައިވާ ކަންތައްތަކާއި ބެހޭ ގޮތުން އެކުލަވާލާފައިވާ ބުކްލެޓް ލޯންޗުކޮށްދެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ފެސްޓިވަލް ހުޅުއްވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ. އެގޮތުން މި ފެސްޓިވަލްގައި ވަނީ އެ ދެ ވުޒާރާއިން ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހިމެނޭ ހާއްސަ ބުކްލެޓްވެސް ލޯންޗްކޮށްފައެވެ.

އާއިލާއާބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، ކުންފުނިތަކާއި ގުޅިގެން ހިންގޭ މި ހަރަކާތުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތަކުގެ އިތުރުން، އިސްރަށްވެހިންނަށް ހާއްސަ ޖާގައަކާއި، ތަފާތު ސްޓޭޖް އައިޓަމްތައް ފެނިގެންދާނެ ކަމަށެވެ.

މި ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެ އާއި މިއަދުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި