- އިސްތިހާރު -spot_img

ވިއެޓްނާމުގައި ބޯކޮށް ވާރޭވެހި 41 މީހުން މަރުވެއްޖެ

ވިއެޓްނާމްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 41 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި ފެންބޮޑުވި ސަރަހައްދުގައި ހުރި ގޭގޭގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އަމިއްލައަށް ސަލާމަތްތެރިކަން ހޯދާފައެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވިއެޓްނާމްއަށް ވޭތުވެދިޔަ ތިން ދުވަހު ބޯކޮށް ވާރޭވެހިފައިވެއެވެ. އަދި އެ ސަރަހައްދުގެ ގިނަ ތަންތަނަށްވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައިކަން ފާހަގަކުރެވެއެވެ. ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި ވިއެޓްނާމްގެ އެކި ސަރަހައްދުތަކުން އެތައް ބަޔަކު މަރުވެފައިވާއިރު ނުވަ މީހަކު ގެއްލިފައިވެއެވެ.

52،000 ގެއެއް ހަލާކުވެފައިވާއިރު މިހާތަނަށް 62،000 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި ފެންބޮޑުވި ސަރަހައްދުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވެއެވެ.

މިހާދިސާގައި އެގައުމުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. އަދި  މިދިޔަ ބުރާސްފަތި ދުވަހު ޑަ ނިމް ރިވާގައި ހުންނަ ލާމް ޑޮންގު ބުރިޖުވެސް ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް އުޅަނދުތަކެއް ފެނުގެ އަޑީގައިވާއިރު އެތައް ސިޓީތަކާއި މަގުތައް ބްލޮކްވެފަވެއެވެ. ވިއެޓްނާމްގެ މޫސުމާއިބެހޭ އިދާރާއިން ބުނީ އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ އިއްޔެ ކަމަށެވެ.

ވިއެޓްނާމްގެ ބޮޑު ވަޒީރު، ހޫ ކިއޮކް ޑަންގް ވިދާޅުވީ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކުން އިސްކަންދިނުމަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ވީހާވެސް އަވަހަކަށް ބަދަލުކުރުމަށްވެސް އެދިފައިވެއެވެ.

ވިއެޓްނާމްއަކީ މިފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެމުންދާ ގައުމެކެވެ. އެގޮތުން މިއަހަރު މިފަދަ ހާދިސާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި