- އިސްތިހާރު -spot_img

”ރައީސް މުއިއްޒުގެ ސަރުކާރުން 9 އިސްލާމީ މަރުކަޒުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވޭ“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ދެ އަހަރުގެ ތެރޭގައި ހަ އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓާވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅު ތަކުގައި ތަރައްގީކުރުމުގެ ފަސް މަޝްރޫއުއެއް ފަށާފައިވާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތަކުގެ އިތުރުން ސަރުކާރުން ބިނާ ކުރާ މިސްކިތްތަކުގެ 44 މަޝްރޫއުއެއް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށެވެ. އަދި އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައްވެސް ތަރައްގީކުރަނީ ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީތައްވެސް ހިމެނޭގޮތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ތަރައްގީކުރާ ވަގުފު މަޝްރޫއުތަކުގެ އިތުރަށް އަތޮޅުތަކުގައިވެސް ވަގުފުުގެ މަޝްރޫއުތައް ކުރިއަށްގެންދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަތޮޅު ތެރޭގައި ތަރައްގީކުރާ ވަގުފު މަޝްރޫއުއިން ލިބޭ ނަފާ އެ އަތޮޅަކަށް ނުވަތަ އެ ސިޓީގެ ދީނީ ކަންކަމަށް ހަރަދުކުރުމަށް ކައުންސިލްތަކާ ހަވާލުކުރާނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި