- އިސްތިހާރު -spot_img

”މި އަހަރު ނިމުމުގެ ކުރިން 1 މިލިއަން ގަސް އިންދޭނެ“

މި އަހަރު ނިމުމުގެ ކުރިން އެއް މިލިޔަން ގަސް އިންދޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ ”ހަފްތާ-104“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ފަސް މިލިއަން ގަސް ޕްރޮގްރާމް ވަރަށް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ފެށިއިރު އެއްވެސް ނާސަރީއެއް ނެތް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން ޕްރޮގްރާމު ކުރިއަށް ގެންދަން ބޭނުންފުޅުވި ވަރަށް އަވަހަށް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ނާސަރީތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް 819،000 ގަސް ރާއްޖޭގެ އެކި ސަރަހައްދުގައި އިންދިފައިވާނެ ކަމަށެވެ.

އަންނަ އަހަރު މި ޕްރޮގްރާމް އިތުރަށް ހަރުދަނާކުރައްވާ 2028 އަންނަންވާއިރަށް ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިފެށޭ އަހަރު އިތުރު ގަސްތައް އިންދުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް އިންދާފައިވާނެ ކަމަށެވެ. ހަމަ އެފަދައިން ރިސޯޓްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ރިސޯޓްތަކުންވެސް 1.4 މިލިޔަން ގަސް އިންދާނެކަމަށް ވައުދުވެފައިވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި