- އިސްތިހާރު -spot_img

ރާއްޖޭގައި އަންހެނުންނަށް ދެއްވާ ސަމާލުކަމަށް އިގިރޭސިވިލާތުން ތައުރީފުކޮށްފި

ރާއްޖޭގައި އަންހެނުންނަށްދޭ އިސްކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ ޕާލިމަންޓްރީ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް، މިނިސްޓާ ސީމާ މަލްހޯތުރާ ރާއްޖެއަށް ތައުރީފު ކޮށްފިއެވެ.

އެކަމަނާ ރާއްޖެއަށް ތައުރީފު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހަށް އިއްޔެ ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ސީމާ ވަނީ އަންހެނުންނަށްކުރާ އަނިޔާއާއި، ތައުލީމީ ދާއިރާއާއި، ތިމާވެށީގެ ވިލުންތެރިކަމުގެ އިތުރުން އަންހެނުންގެ އަޑު އައްސަވާތީ ދިވެހި ސަރުކާރަށް ތައުރީފުވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން، ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ މަސައްކަތްތަކަށް ދެއްވާ ޝައުގުވެރިކަމާއި، އެކަމަނާގެ ބައިވެރިވެވަޑައިގެންނެވުމާއި، ވެދެއްވާ އެހީތެރިކަމަށްޓަކައި، އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

ސީމާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ފާހަގަކުރައްވާ ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ޕާލިމެންޓާއި އަދި ލޯކަލް ކައުންސިލްފަދަ ދާއިރާތަކުން އަންހެނުންގެ އިސްނެގުން އިތުރުކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ބާރުވެރިކަން އިތުރު ކުރެއްވުމަށް ތަފާތު ދާއިރާތަކުން ސީމާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހަމަހަމަ ކަމަށާއި ބާރުވެރިކަން އިތުރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމާއި، އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމުގެ އިތުރުން، ޚާއްސަކޮށް އިގްތިސާދު ފުޅާކުރެއްވުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުންވެސްވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މުހިންމުކަމާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ދެފަރާތުގެ ބައިވެރިވުމާއެކު މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި