- އިސްތިހާރު -spot_img

ވިއެޓްނާމްގައި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 90 މީހުން މަރުވެއްޖެ

ވިއެޓްނާމްއަށް ބޯކޮށްވާރޭވެހި ފެންބޮޑުވި ހާދިސާގައި މިހާތަނަށް 90 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވޭތުވެދިޔަ ހަފްތާގައި ވިއެޓްނާމްއަށް ބޯކޮށްވާރޭވެހިފައިވާއިރު ފެންބޮޑުވި ހާދިސާގައި އެކި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާގެ ސަބަބުން އޮފީސްތަކާއި ރޭލްވޭ ސްޓޭޝަންތަކުގެ އިތުރުން ސްކޫލުތަކާއި މަގުތަށްވެސް ބަންދުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ އެ ކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ.

ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި އެ ގައުމުގެ ފަތުރުވެރިންނަށް ހާއްސަ އެތައް ތަނެއްވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމަށްވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިލާންޖެހޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފެންގަނޑުތަކުގައާއި ޗަކަ ތަކުގައި ކުއްތާ، ބޫޓު ފަދަ ތަކެތި އަދިވެސް ހިމެނެއެވެ. ގިނަ އުޅަނދުތައްވެސް ފެންގަނޑުގެ ތެރޭގައި އަދިވެސް ވާކަމަށް އޮފިޝަލުން މައުލޫމާތު ދިފައިވެއެވެ.

އެގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ފެނާއި، އަންނައުނު އަދި ކާބޯތަކެތިވެސް އެކި ސަރަހައްދުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އޮފިޝަލުން ބުނީ އެގައުމުގެ ފަސް ސަރަހައްދަކަށް ގެއްލުން ލިބިފައިވާއިރު ގެއްލުމުގެ އަދަދު 343 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިއެޓްނާމްއަށް ވޭތުވެދިޔަ ހަފްތާގައި ބޯކޮށް ވާރޭވެހިފައިވާއިރު 52،000 ގެއެއް ހަލާކުވެފައިވެއެވެ. އަދި 62،000 މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފައިވާއިރު ފެންބޮޑުވި ސަރަހައްދުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްއަދިވެސް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި