- އިސްތިހާރު -spot_img

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލުނެރެފައިވަނީ މިއަދު ފަތިހު 5.45 އިން ފެށިގެން މިއަދު ހެނދުނު 11:00 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި މެޓުން ބުނީ ބޯކޮށް ވާރޭވުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ރޭ ހުދު ސަމާލުނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށެވެ. ހުދު ސަމާލު ނެރެފައިވަނީ ރޭ 23:45 އިން ފެށިގެން ފަތިހު 5:45 އާއި ހަމައަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލައި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި