- އިސްތިހާރު -spot_img

ބޮޑުތަކުރުފާނުގެ މަގުގެ ސެގްމެންޓް 1 ގެ މަސައްކަތް ރޯދައަށް ނިންމާލެވޭނެ: ސައުދީ

ބޮޑުތަކުރުފާނުގެ މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް ”ހަފުތާ 104“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލް ސަރަހައްދަށް ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ސައުދީ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ކާރުބާރު ބޮޑު އަދި ހާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގައިކަމަށް ވުމާއިއެކު މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ، ނަމަވެސް އެ ސަރަހައްދުގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުންލިބޭ ކަމަށްވެސް ސައުދީ ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށެވެ. އަދި ސެގްމަންޓް އެކެއްގެ މަސައްކަތް ކުރިއަށްދަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން އާ ހަމައަށް ކަމަށްވާއިރު އެއީ 130 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި