- އިސްތިހާރު -spot_img

ގުދުރަތީ ކާރިސާ ތަކުގައި ގެއްލުން ލިބުނު ގައުމުތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ގުދުރަތީ ކާރިސާ ތަކުގައި ގެއްލުން ލިބެމުންދާ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ތައުޒިޔާ ވިދާޅުވީ މިހާރު ބައެއް ގައުމުތަކަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ގައުމުތަކަށާއި، ހޮންގްކޮންގް ގައި ދިމާވި އަލިފާނުގެ ހާދިސާއަށް ނިސްބަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގައި ހިނގަމުންދާ މޫސުމީ ކާރިސާތަކަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އިތުރުވަމުންދާކަން ހަނދާންކޮށްދޭ ހިތާމަވެރި ހާދިސާތަކެއް ކަމަށެވެ. އަދި ތައިލެންޑް، އިންޑޮނޭޝިއާ އަދި ވިއެޓްނާމްގެ ބައެއް ރައްޔިތުންގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ދިވެހިރާއްޖޭގެ އިން އެކަމާ ހިތާމަ ކުރާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

”ހޮންކޮންގްގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔެއްގެ ފުރާނަ ގެއްލިފައިވާތީ. ދިވެހި ރައްޔިތުންގެ ނަމުގައި، އެކްސެލެންސީ ރައީސް ޝީ ޖިންޕިންގ އަށާއި، ޗައިނާގެ ސަރުކާރަށާއި، މި ހާދިސާގައި ފުރާނަ ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކަށް ހިތުގެ އެންމެ ފުންމިނުން ތައުޒިޔާ ދަންނަވަން.“ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން މި ތިބީ މި ގައުމުތަކާއި އެކުގައި ކަމަށާއި، ސަލާމަތީ މަސައްކަތް ކުރި ޓީމުތަކުގެ ހިތްވަރަށް ތައުރީފު ކުރައްވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި