- އިސްތިހާރު -spot_img

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި  މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސްއާއި، ކައުންސިލް އިދާރާގެ މެމްބަރުންގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ސިއްހީ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫއަކީ މިރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ސަރުކާރުގެ ފަރާތުން އެދެމުން ދިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިރަށުގައި 50 އެނދުގެ މުޅިން އާ ހޮސްޕިޓަލެއް ތަރައްގީވެގެން ދިއުމަކީ، މިރަށުގެ ރައްޔިތުންނަށް އަދި މުޅި މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އާއިއެވެ. މި މަޝްރޫއުގެ ދަށުން ބ. އޭދަފުށީގައި 50 އެނދުގެ މުޅިން އާ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު މިއީ 181.7 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ. އަދި މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި