- އިސްތިހާރު -spot_img

އެއާ އެމްބިއުލާންސްގައި މިހާތަނަށް 1800 ފަރާތަކަށް ހިދުމަތްދީފި

އެއާ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 1800 ފަރާތަކަށް ހިދުމަތް ދެވިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1800 ބަލި މީހުންނަށް އެއާ އެމްބިއުލާންސް މެދުވެރިކޮށް ހިދުމަތް ދީފައިވެއެވެ. މިއީ ޖުމްލަ 1562 ދަތުރު ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

އެންސްޕާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށްބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވެފައިވާއިރު މިހާތަނަށް އެއާ އެމްބިއުލާންސްގެ ހިދުމަތަށް 114.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ. އަދި މި ހިދުމަތް ފެށުނުތާ އަހަރެއްވީއިރު، މިހާރު މި ހިދުމަތުގައި ވެންޓިލޭޓަރާއި އިންކިއުބޭޓާ އަދި މިނޫންވެސް ކުއްލި ހާލަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް އެއްވަނަ ދުވަހުއެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ހާއްސަކޮށްގެން ފެށުނު ހިދުމަތެކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް އަށް މަރުކާގެ އެއާ ކްރާފްޓެއްކަމަށްވާއިރު މި ހިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީންކޮށް، އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމާޖެންސީ މެޑިކަލް ޓެކްނީޝަނުންވެސް ހިމެނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި