- އިސްތިހާރު -spot_img

އިހަވަންދޫގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒެއް ހުޅުވަނީ

ހއ. އިހަވަންދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހއ. އިހަވަންދޫ ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ރަސްތަރި ގުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިހަވަންދޫގެ ރައްޔިތުން އިސްލާމީ ދާއިރާއިން އެންމެ އުއްމީދު ކުރައްވާ އިހަވަންދޫ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ކުންފުޏަކާއި ހަވާލު ކުރުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގުރުއާނުގެ އިލްމު ފެތުރުއްވުމަކީ ވަރަށްވެސް މަތިވެރިކަމެއް ކަމަށެވެ. އަދި ކީރިތި ގުރުއާނުގެ ނޫރު، ރަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ދިއްލާލުމަށް އިހަވަންދޫއިން ކުރަމުންދާ މަސައްކަތަކީ ޝުކުރާއި ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ އިހަވަންދޫގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮންނަ ލޯބި ފެނިފައިވާ ކަމަށެވެ. އަދި އިހަވަންދޫއަކީ އެރަށަކާއި މެދު ވަރަށް ބޮޑު ލޯތްބަކާއި އިހުތިރާމެއް އުފެދިފައިވާ ރަށެއް ކަމަށެވެ. އެމަނިކުފާނު ވަނީ ހއ. އިހަވަންދޫގެ ފުރަތަމަ ހާފިޒާއަށް ރަށު ކައުންސިލާއި ރައްޔިތުން ކީ މަރުހަބާއާއި ދެއްވި ޝަރަފަށް ޝުކުރު އަދާކުރައްވާފައެވެ.

އެކަމުންވެސް ހާމަވެގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި ކީރިތި ގުރުއާނާއިމެދު އޮތް އިހުތިރާމް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ހއ. އަތޮޅުގެ ދެ ރަށަކަށް ކުރި ދަތުރުން ރީތިކޮށް ގުރުއާން ކިޔަވާ އެތަކެއް ކުދިންނަކާއި އެތައް ޒުވާން ހާތީބުންނެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ މުސްތަގުބަލުގެ އުޖާލާކަން މި ދަތުރުން ހާމަވެގެންދިޔަ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއަދު އިސްލާމީ ދާއިރާއިން ދެކެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ގިޔާދަތުގައި ކީރިތި ގުރުއާނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި