- އިސްތިހާރު -spot_img

”ޑިޓުވާ“ މިހާރު ދަތުރުކުރަމުންދަނީ ސްރީލަންކާ ފަހަނައަޅާ އިންޑިއާއާއި ދިމާއަށް

”ޑިޓުވާ“ ތޫފާން މިހާރު ދަތުރުކުރަމުންދަނީ ސްރީލަންކާ ފަހަނައަޅާ އިންޑިއާއާއި ދިމާއަށްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެގައުމުން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިޓުވާ މިހާރު ދަތުރުކުރަމުންދަނީ ސްރީލަންކާއާއި ދުރަށް ކަމަށެވެ. އަދި މި ތޫފާން އިންޑިއާގެ ޓަމިލްނާޑޫއާއި ދިމާއަށް ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާ އިން ބުނީ ފާއިތުވި ހަ ގަޑިއިރުގެ ތެރޭގައި ތޫފާނު އުތުރަށް ދަތުރުކުރަމުންދިޔައީ ވަރަށް ބާރު މިނުގައި ކަމަށެވެ. އަދި ތޫފާނުގެ އަސަރު މިހާރު ކުޑަވެފައިވީނަމަވެސް އުތުރު ދެކުނުގެ ސަބަރަގަމުވާ ޕްރޮވިންސަށާއި ގައްލޭ، މަޓަރާ، ކެންޑީ އަދި ނުވަރަ އެލިޔާ ސަރަހައްދަށް އަދިވެސް ހިމަފޮދުވާރޭ ވެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ވޭތުވެދިޔަ ހަފްތާގައި ސްރީލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވި ހާދިސާގައި މިހާތަނަށް 159 މީހަކު މަރުވެފައިވެއެވެ. އަދި ގެއްލިފައިވާ މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ އެންމެ ބޮޑަށް ތޫފާނުގެ އަސަރު ކޮށްފައިވާ ކެންޑީ އަދި ބަޑުލާ އިންކަން ފާހަގަކުރެވެއެވެ.

ތޫފާނުގެ ސަބަބުން 20،000 އަށް ވުރެ ގެއަށް ގެއްލުން ލިބިފައިވެއެވެ އަދި 108،000 ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު ހާލުގައި ޖެހިފަިއވާ މީހުން މިހާރުވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށްވެސް ރިޕޯޓްތަކުން މައުލޫމާތު ލިބެއެވެ.

މި ތޫފާނުގެ ސަބަބުން ކުރިމަތިވަމުންދާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ފެންގަނޑު އުފުލި، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އިއުލާން ކޮށްފައިވެއެވެ. އަދި ސްރީލަންކާއަށް ކުރިމަތިވެފައިވާ މި ހާލަތުގައި އެ ގައުމަށް ބައިނަލްއަގްވާމީ ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުން އެދިފައިވާއިރު ގައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ވެސް އެގައުމުން ގޮވާލާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި