- އިސްތިހާރު -spot_img

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޑރ. ރަމީލާ!

ހިއުމަން ރައިޓްސް ކޮމިޝަނު އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަގާމަށް ރަމީލާ އައްޔަނު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 6/2006، (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

މި ރަސްމިއްޔާތުގައި ކުރިއަށްގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ. އަދި ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައިވާއިރު އެކަމަނާއަށް ހުވާ ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. މުހައްމަދު އިބްރާހީމްކަން ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ހަވާލު ކޮށްދެއްވާފައެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރުކަމަށްވާއިރު އެ މަގާމުން އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

އެޗްއާރުސީއެމްގައި ޖުމްލަ ފަސް މެންބަރުން ތިބެއެވެ.

ގާނޫނުގައިވާގޮތަށް ބަލާއިރު މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލަން ޖެހޭއިރު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސް، މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި