- އިސްތިހާރު -spot_img

ރައީސް މާފަންނު ރައްޔިތުންނާއި މާދަމާ ރޭ ބައްދަލުކުރައްވާނެ: ހީނާ

ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާދަމާ ރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާފަންނު ރައްޔިތުންނާ މާދަމާ ރޭ ބައްދަލު ކުރައްވާނެ ކަމަށެވެ.

ހީނާ ވިދާޅުވީ މި ބައްދަލުކުރެއްވުން އޮންނާނީ މަދަމާ ރޭ 20:30 ގައި ކަމަށެވެ. އަދި އެކަމަނާ ވަނީ މާފަންނުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތުވެސް ދެއްވާފައެވެ.

ރައީސްގެ މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރޭގައި މިހާރު ބައްދަލުކުރައްވާފައިވަނީ ވިލިމާލެ ރައްޔިތުންނާއި މައްޗަންގޮޅީގެ ރައްޔިތުންނާއެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ އެކަންކަމަށް ހައްލު ހޯއްދަދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސްގެ މި ބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވު މަށް ކުރިއަށްގެންދަވާ ބައްދަލުވުންތަކެއްކެވެ. އަދި މި ބައްދަލުވުންތަކުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އައްސަވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި