- އިސްތިހާރު -spot_img

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން 5 އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަސް އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.

އެ ވުޒާރާއިން ބުނީ މި ޕްލޭނަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންއަކީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އެ ވުޒާރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދޭ ޖަމުއިއްޔާތަކާ ގުޅިގެން ތައްޔާރުކޮށްފައި ޕްލޭންއެއް ކަމަށެވެ.

މި އެކްޝަން ޕްލޭންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ގާނޫނުން އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަޔާންކުރާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ އެކި ފަރާތްތަކާއި ގުޅިގެން ހިންގާނެ ހަރަކާތްތައް ހިމެނޭ މަގުޗާޓެއް ކަމަށެވެ.

މި އެކްޝަން ޕްލޭންއާއި ގުޅިގެން މިހާތަނަށް ސަރުކާރުގެ 33 ފަރާތްތަކާއި މަޝްވަރާކުރެވި، މިއަހަރުގެ މެއި މަހުގެ ތެރޭގައި އެކްޝަން ޕްލޭން ލޯންޗު ކުރެވިފައިވެއެވެ.

ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ ކަންކަން ކުރަމުންނެވެ. އެގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މުޖުތަމަައުއެއް ބިނާ ކުރުމަށް ހުރިހާ ފަންތިއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރަންޖެހޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި