ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
އެކުންފުނިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ކަލާފާނު ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު މެންދުރު ފަހު 14:00 އާއި ހަވީރު 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރާ ސަރަހައްދުތަކުގެ ތެރޭގައި މޫނިމާ ހިނގުން، ކިނބިގަސްމަގު، ކަލާފާނު ހިނގުން، ލޮނުޒިޔާރަތްމަގު، ބުރުޒު މަގު ހިމެނެއެވެ.
މި ފަހަކަށް އައިސް މާލެ އަދި ހުޅުމާލެ ސަރަހައްދު ތަކުގައި ކަރަންޓުގެ މައްސަލަ ހުންނަކަން ފާހަގަކުރެވެއެވެ. މިކަންކަން ހައްލު ކުރުމުގެ ގޮތުން ސްޓެލްކޯ އިން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށް، ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންކަން ފާހަގަކުރެވެއެވެ.
އެކުންފުނިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށްވެސް އެދިފައެވެ.





