- އިސްތިހާރު -spot_img

މިއަހަރު މިހާތަނަށް 52 އަށްވުރެގިނަ ގޯޅި މަރާމާތުކޮށްފި: ސިޓީ ކައުންސިލް

މާލެ ސިޓީގައި ހިމެނޭ ހިމަ ގޯޅިތަކުގެ ތެރެއިން މި އަހަރުގެ މިހާތަނަށް 52 އަށް ވުރެ ގިނަ ގޯޅި މަރާމާތުކޮށް ނިމިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން ބުނީ މާލޭގެ މަގުތަކަކީ ހިތްފަސޭހަ އަމާން ރައްކާތެރިތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭގެ ހަނި ގޯޅިތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުންވެސް ސިޓީ ކައުންސިލުން ދަނީ މާލެ ސިޓީގެ ބައެއް މަގުތައް ސާފުކޮށް މަރާމާތު ކުރަމުންނެވެ. އަދި މީގެ އިތުރުން މަގު ތަކުގައި ހަލާކުވެފައިވާ ހުންނަ މަގު ބައްތިތައް މަރާމާތުކޮށް އާ ލައިޓު ހަރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވިލިާމާލެގެ އެކި ސަރަހައްދުތަކުގައި ހުރި ހަލާކުވެފައިވާ ލައިޓުތައް މަރާމާތުކުރަން ފަށާފައިވާ ކަމަށެވެ. އަދި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ހުރި ހަލާކުވެފައިވާ ލައިޓުތައް މަރާމާތުކޮށް އަނދިރި ސަރަހައްދުތަކުގައި އިތުރު ލައިޓު ހަރުކުރުމުގެ މަސައްކަތްވެސް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުވާ ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައި ކުލަ ލުމުގެ މަސައްކަތް ކުރިއަށްދާއިރު ބައެއް ސަރަހައްދުގެ ފަޅުތެރެވެސް ސާފުކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި