- އިސްތިހާރު -spot_img

މީހެއްގެ ވައިބާ އެކައުންޓެއް މެދުވެރިކޮށް ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީހެއްގެ ވައިބާ އެކައުންޓް ބޭނުންކޮށްގެން، އޭނާ އެކި މީހުންނާއި ވާހަކަދައްކާ، އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށެވެ. އަދި އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަހުމަދު ހައްސާން (33އ) ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބާ އެކައުންޓް މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް މިދިޔަ މަހު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ހައްސާން ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދާފަ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް މިފަދަ މައްސަަލަތައް އިތުރުވަމުންދާތީ ފުލުހުން ވަނީ ފޮނުވާ ލިންކުތަކަށް ނުވަނުމަށާއި، މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި