- އިސްތިހާރު -spot_img

ހައްޖު، އުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ސައުދީއިން ވަފުދެއް ރާއްޖެ ވަޑައިގެންފި

މި މަހު 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހައްޖު، އުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް އިއްޔެ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

މި ވަފުދުގައި ހިމެނެނީ އެގައުމުގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ އާއި އެ ޖަމްއިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ. މި ދަތުރުފުޅުގައި ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވާއިރު ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމާއި ޒުވާން ހަތީބުންނާއި ހާފިޒުންގެ އިތުރުން އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި މި ޖަމްއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި