- އިސްތިހާރު -spot_img

އިންޑޮނޭޝިއާގައި އަލިފާނުގެ ހާދިސާއެއް ހިނގާ މާ ބަނޑު މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާގެ ޖަކާޓާގައި ހުރި ހަތް ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މާ ބަނޑު އަންހެނަކު ހިމެނޭހެން 22 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި މި އިމާރާތަކީ އޮފީސްތަކަށް ބޭނުންކުރާ އިމާރާތެއްކަމަށްވާއިރު އަލިފާނުގެ ހާދިސާ ހިނގީ މުވައްޒަފުން ބްރޭކަށް ދިޔަ ގަޑީގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިމާރާތުގެ އޮފީސް ބައެއްގައެވެ. އަދި އޮފިޝަލުން ބުނީ އަލިފާން ރޯވީ އެތަނުގައި މަސައްކަތްކުރުމަށް ބޭނުންކޮށްފައިވާ ބެޓެރިއެއް ސްޕާކްވެގެން ކަމަށެވެ.

އޭނާ ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 15 އަންހެނުން ހިމެނޭއިރު 19 މީހަކު އެ އިމާރާތުން ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ސެންޓްރަލް ޖަކާޓާ ޕޮލިސް ޗީފް، ސުސަޓްޔޯ ކޮންޑްރޯ ބުނީ އަލިފާން ނިއްވާލުމަށް ފަޔާ ފައިޓަރުން އައި އިރު އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އަދި  މަދުވެގެން 100 އެއްހާ ފަޔާ ފައިޓަރުންނާއި 29 ފަޔާ ޓްރަކު އެ ސަރަހައްދަށް ގެންގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ފުލުހުންގެ ޗީފް ވިދާޅުވީ މަރުވި މީހުންގެ ހަށިގަނޑުތައް އޮޓޮޕްސީ ހެދުމަށްޓަކައި މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި