- އިސްތިހާރު -spot_img

އިންޖީނު ހުއްޓިގެން އޮޔާ ދިޔަ ދޯންޏެއް ސަލާމަތް ކޮށްފި

ފުވައްމުލަކު ސިޓީއިން މަސްބާނަން ނުކުމެ  އުޅުނު ދޯންޏެއް އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ”ސަވާރީ“ ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ 15:50 އެއްހާ އިރު ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާ ކަމާށެވެ. އަދި  ސަލާމަތް ކުރި މީހުންގެ ތެރޭގައި ހަތް އަންހެނުންނާއި ކުޑަކުއްޖެއް ހިމެނެއެވެ.

ހަމައެހެންމެ އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރުވަނީ ފުވައްމުލަކަށް ގެންގޮސްފައެއެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި