ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އިޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ ”އިންޓަގްރިޓީ ސްޓާ“ ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށެވެ. އަދި މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށް ކަމަށްވެސް އެ އިދާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވާއިރު ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެ ގޮތުން މޫސުމާބެހޭ ގައިމީ އިދާރާ (މެޓު) އިން ވަނީ މެދު ރާއްޖެ ތެރެއަށް މިއަދު ހެނދުނު 11:00 ޖެހުމާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
ހަމައެހެންމެ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.





