- އިސްތިހާރު -spot_img

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ: މެޓު

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.

މިއަދު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މެޓުން ބުނީ ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އެ ގޮތުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވާރޭ ވެހެފައިވަނީ ގއ. ކޫއްޑޫ އަށާއި ފ. ނިލަންދޫ އަދި ކ. ކާށިދޫއަށެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި