- އިސްތިހާރު -spot_img

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.2 ލައްކައަށް!

ޗައިނާއިން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 323،492 އަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިވަނީ 2،134،549 އަށް އަރާފައެވެ. އަދި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ލިސްޓުގެ އެއްވަނާގައި ޗައިނާ އޮތްއިރު ލިސްޓުގެ ދެވަނައިގައި އޮތް ރަޝީޔާ އިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 265،577 އަށް އަރާފައެވެ.

ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސި ވިލާތުން 192،479 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ލިސްޓުގެ ހަތަރުވަނައިގައި އޮތް ޖަރުމަނު ވިލާތުން 160،502 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ލިސްޓުގެ ފަސްވަނައިގައި އޮތް އިޓަލީ ވިލާތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 138،800 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6617 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރާކަން ތަފާސް ހިސާބުތަކުން ދައްކާއިރު ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1،570،942 އަށް އަރާފައެވެ. އަދި ހޮޓެލްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު 55،215 އަރާފައިވެއެވެ. ހަމައެހެންމެ ގެސްޓުހައުސް ތަކުގައި 461،843 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 44،675 އަށް އަރާފައިވާ ކަމަށް ފަތުރުވެރިންކަން ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި