- އިސްތިހާރު -spot_img

ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެ: މެޓު

ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.

މެޓުން ބުނީ އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަނީ ފެށިފަ ކަމަށެވެ. އަދި ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ މޫސުމާބެހޭ ރިޕޯޓްތަކުގައި ދުރުފެންނަ މިންވަރުވެސް ވަނީ ދެ ކިލޯމީޓަރަށް ވުރެ ދަށްވެފައި ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލޭ ކަމަށާއި، އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

މިއަދުގެ 18:00 އާއި ހަމައަށް މޫސުމަށް ބަލާއިރު މެދު ރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ. އުތުރުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މެލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ، އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި