- އިސްތިހާރު -spot_img

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ސައިޓު އޭ އިން 41 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ސައިޓު އޭ އިން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ކަމަށްވާއިރު ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ 41 ހެކްޓަރުގެ ބިން ހިއްކާ އެއްކޮށް ނިމިފައިވާއިރު މުޅި މަޝްރޫއުގެ 30 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ތިން ފަރާތަކުން ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓާ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިގްތިސާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެއެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގައެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި