- އިސްތިހާރު -spot_img

”އިސްލާމީ އަގީދާ މަގުދައްކަނީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން“

ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ އަގީދާ މަގުދައްކަނީ ގައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އިސްލާމީ އަގީދާ މަގުދައްކައިދެނީ އެކަކު އަނެކަކަށް ހެޔޮ ފޯރުވާން ކަމަށާއި އިހުސާންތެރިކަމާއި އަޅައިލުން އިސްކޮށް، ގައުމު ބިނާކުރުމުގައި އަތުގުޅައިލާން ކަމަށެވެ. އަދި ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ހާލަތެއްގައިވެސް ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ހުލްގާއި ސުލޫކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހީންގެ ބަދަހިކަން އިތުރުކުރައްވައި، ސަލާމަތާއި ރައްކާތެރި ކަމުގައި މި ގައުމު އަބަދުމެ ލެއްވުމަށް އެދި ދުއާފުޅުވެސް ކުރައްވާފައެވެ.

ސުނާމީ ކާރިސާއަށް ފަހު ”ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް“ ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ގައެވެ. 2004 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ޖަޒީރާ ރަށްތަކަކުން އުފެދިފައިވާ މި ކުޑަކުޑަ ދިވެހި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، އެ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި އަދި އިޤުތިޞާދީ ގޮތުން ވެސް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެކެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި