- އިސްތިހާރު -spot_img

ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ ޝީޓް ޕައިލިންގެ މަސައްކަތް ފަށައިފި

މާލޭ، ބޮޑުތަކުރުފާނުމަގު ފުޅާ ކުރުމަށް ފެށި މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގެ ޝީޓް ޕައިލިންގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ، އާއްމުންނަށްވަނީ ހުޅުވާލާފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޝީޓް ޕައިލިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު އެސަރަހައްދުގައި ހުރި ކުއޭ ވޯލް ހަލާކު ކުރުމުގެ 65 އިންސައްތަ ނިމިފައި ކަމަށާއި، ސެޓަލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

ހަމައެހެންމެ މި ވަގުތު ނަރުދަމާ އާއި ފެންހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށާފައިވަނީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމްވެސް ގާއިމުކުރެވިގެންދާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑްވެސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި