- އިސްތިހާރު -spot_img

މާލެ ހެލްތު ކެއާ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ހިދުމަތްތައް ފަށައިފި

މާލެ ސިޓީ މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ހިދުމަތްތައް ފަށައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ މި ކްލިނިކުން ކުޑަކުދިންގެ ސިއްހަތާ ގުޅުންހުރި މުހިންމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

މި ކްލިނިކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ވިޓަމިން އޭ އަދި ފަނި ބޭސް ހިދުމަތްތައް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިން ހިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނޭއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ވެކްސިން ދިނުން އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ހޯމަ އަދި ބުރާސްފަތި ދުވަހު މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށްވާއިރު ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގެ ހިދުމަތްވެސް މި ކްލިނިކުން ލިބޭނެއެވެ.

މީގެ އިތުރުން އެޕޮއިންމެންޓް ހައްދައިގެން ދަތުރުތައް ކުރައްވާ ފަރާތްތަކަށް ވެކްސިން ޖަހާދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަޙައްދުގައި ގާއިމުކުރެއްވި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހުޅުވައިފައިވަނީ މި ދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި