- އިސްތިހާރު -spot_img

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯސް ނިންމާލައިފި

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯސް ނިންމާ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
މި ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ އިއްޔެ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ، ޅ. މާފިލާފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ގައްސާން މައުމޫނެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ، ޅ. މާފިލާފުށީގައި ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރުކަން ފާހަގަކުރެވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ލޭންގުއޭޖް ޕްރޮފިޝަންސީއާއި، ލީޑާޝިޕާއި، އިސްލާމިކް ސްޓަޑީސް އާއި، ފިޒިކަލް ޓްރޭނިން އާއި، ވޯޓާމަންޝިޕާއި، ޑްރިލްއާއި، ފަސްޓް އެއިޑާއި، ފަޔާ ފައިޓިން ގެ އިތުރުން ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީފައިވާ ކަމަށެވެ. އަދި މި މާއްދާތައް ކިޔަވައިދީފައި ވަނީ ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.
13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ދަސްވެނިވެފައިވާއިރު 96 އިންސައްތަ ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް ތިނަކުން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާ ޝިޕް އެވޯޑްވެސް ހާސިލުކޮށްފައެވެ.
މި ޓްރޭނިން ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ، ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލުފުޅާ އެކު ކުރިއަށްގެންދިޔަ ޓްރޭނިން ޕްރޮގްރާމެކެވެ.
spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި