- އިސްތިހާރު -spot_img

ހުުޅުމާލެއިން ޓޯވް ކުރި 100 އަށް ވުރެ ގިނަ އުޅަނދު ވެރިފަރާތާއި ހަވާލުކޮށްފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވްކޮށް، އޭގެ ތެރެއިން 105 އުޅަނދެއް ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވްކޮށް، ޕާކިން ތަރުތީބުކުރުމަށް ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޓޯވް ކުރި އުޅަނދުތައް އުސޫލުގެ ތެރެއިން އޭގެ ވެރިފަރާތަށް ދޫކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ ޓޯވްކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާއިރު، ޓޯވްކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިންގަނޑުތަކަށް ބެލުމަށްފަހު ކަން ފާހަގަކުރެވެއެވެ.

އެ ގޮތުން، ދޫކޮށްފައިވާ އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެއުޅަނދެއް ދޫކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވްކޮށް، ޕާކިން ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގަ އާއި ހުސްބިންތަކުގަ އާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވްކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ޓޯވްކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި