ބޯކޮށް ވާރޭވެހުމާއިއެކު ގުރުރާނެ ކަމަށް ލަފާ ކޮށް ފުވައްމުލަކު ސީޓީއިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 18:00 އާއި ހަމައަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެ އެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ އެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ އެވެ.
މެޓުން ބުނީ އިރު އުތުރާއި އިރުން، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އެ ގޮތުން މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.





