- އިސްތިހާރު -spot_img

އައު އަހަރުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ފެސްޓިވަލް މިއަދު ހަވީރު ފަށަނީ

އައު އަހަރު ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

މި ފެސްޓިވަލް އަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި މި ފެސްޓިވަލް އޮންނާނީ މިއަދު ހަވީރުން ފެށިގެން 1 ޖެނުއަރީ އާ ހަމައަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ޑްރޯން ޝޯވްގެ އިތުރުން ހަވާ އެރުވުމާއި، ތަފާތު ސަގާފީ ހަރަކާތްތައްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި  ފުޑް ސްޓޯލްތައް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ވިސިޓް މޯލްޑިވްސް އިން ބުންޏެވެ.

މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ހުރިހާ އުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށްވާއިރު މި ފެސްޓިވަލަކީ، މިއަހަރު ތެރޭ ހޯދުނު ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއްކަން ފާހަގަކުރެވެއެވެ.

ވިސިޓް މޯލްޑިވްސްއިން ބުނީ މި އަހަރުގެ މި ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ލޯކަލް ކޮމިއުނިޓީތަކުގެ އަގު ގައުމީ ފެންވަރުފައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި