ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައި ގަދަވުމުގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ގޭ ތަކުގެ ފުރާޅު އެއްލާލައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެ ތަކުގެ ފުރާޅު، ވަޔާ އެއްލާލާފައިވާ ކަމަށާއި މިކަމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ތިން ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަަރަކާތްތެރިވެފައިވާ ކަމަށެވެ. އެ ގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެ އާއި 07:40 ހާއިރު މަރަދޫ އެމާލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫން ޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.
މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.





