- އިސްތިހާރު -spot_img

އުކުޅަހުގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީގެ ހިދުމަތް ފަށައިފި

އއ. އުކުޅަހު ސިއްހީ މަރުކަޒުގައި ގާއިމުކޮށްފައިވާ ލެބޯޓްރީގެ ހިދުމަތް އިއްޔެ ފަށައިފިއެވެ.

އެ ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސިއްހީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމެވެ.

އެ ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްހީ މަރުކަޒުގެ އިސްވެރިން  ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ ކުރިން އުކުޅަހު ރައްޔިތުން ރިޕޯޓް ހެއްދުމަށް ދާންޖެހެނީ، އެ ހިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. އަދި ރަށުގައި ތިބެގެން ލޭ އެޅޭނެ ހިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުސަތު ލިބުމާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެވެއެވެ.

ސިއްހީ ވުޒާރާއިން ބުނީ ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހި ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތަށް ފަހު ވަޒީރު ވަނީ އއ. އުކުޅަހުގައި އަލަށް އިމާރާތްކުރާ ހެލްތު ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވައިލައްވާފައެވެ.

ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި