- އިސްތިހާރު -spot_img

ފާއިތުވި 24 ގަޑިއިރު ތެރޭގައި 4 އުޅަނދެއް ޓޯވް ކޮށްފި

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހަ އުޅަނދެއް ޗެކްކޮށް، ހަތަރު އުޅަނދެއް ޓޯވްކޮށްފިއެވެ.

ފުލުހުން ބުނީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހަ އުޅަނދެއް ޗެކްކޮށްފައިވާ ކަމަށާއި، ހަތަރު އުޅަނދެއް ޓޯވް ކޮށްފައިވާ ކަމަށެވެ. އަދި މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 415 ފަހަރު ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުތަައް ބަލާ ފާސްކޮށްފައިވާއިރު 94 އިންޓަރެކްޝަން ހަދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވާއިރު މާލޭގެ އެކި ސަރަހައްދު ތަކުގައި ފުޓް ޕެޓްރޯލްކޮށް ބަލަހައްޓާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ފުލުހުން ބުނީ ޖުމްލަ ނުވަ ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓް ޕެޓްރޯލް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޗެކްކުރެވުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނެީ އާއްމު ތަންތަނުގެ ތެރެއިން ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަން ކަމަށެވެ.

މިއަދު ފުލުހުން ވަނީ މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ޓޯވް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައއެވެ. ފުލުހުން ބުނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އުޅަނދުތަކެއް ޓޯވް ކޮށްފައިވާ ކަމަށެވެ.

ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި